2021 ވަނަ އަހަރުގެ ޖުލައި މަހުގެ ރައްޔިތު ބައްދަލުވުން ބާއްވައިފި
ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ޖުލައިމަހު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތު ބައްދަލުވުން ކުރިނބީ ކައުންސިލުން ބާއްވައިފިއެވެ. ކުރިނބީ ކައުންސިލުން މި ބައްދަލުވުން ބާއްވާފައިވަނީ 2018 ޖުލައި 27 ވީ އަންގާރަ ދުވަހުގެ ރޭ 20:45 ގައި ކުރިމަގު ޕްރީސްކޫލުގައެވެ.
މި ބައްދަލުވުން ކުރިއަށްދާގޮތް ހުށަހަޅައިދެއްވީ ކައުންސިލްގެ އެގްޒެކެޓިވް ކައުންސިލް އޮފިސަރ ޢަލީ ޒިޔާދު އަޙްމަދެވެ. މި ބައްދަލުވުމުގައި 2021 ވަނަ އަހަރުގެ ފުރަތަމަ ހަމަހު ކައުންސިލް ހިނގިގޮތް ހުށަހަޅުއްވާ ދެއްވީ ކައުންސިލް މެންބަރު ޝަދާ ޢަބްދުލްޣަނީ އެވެ. އަދި ފަހު ހަމަހު ރޭވިފައިވާ ހަރަކާތްތައް ހުށަހަޅުއްވާދެއްވީ ކައުންސިލް މެންބަރު ޒޫނާ ޢަބްދުލްމަތީން އެވެ. އެއަށްފަހު 2022 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލު ހުށަހަޅުއްވާދެއްވީ ކައުންސިލް މެންބަރު މުޙައްމަދު އަފްޟަލް އާއި ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ޞިޔާޙް އަދި ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމްއެވެ.
މީގެއިތުރުން 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންތަކާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައި ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭންއަށް ހިޔާލު ހޯދިފައިވެއެވެ.
