އީދު ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
ފިޠުރު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ 27 ޖޫން 2017 ވީ އަންގާރަ ދުވަހު ކުރިނބީ ބަނދަރު އެވެ. ކުޑަކުދިންގެ ހަވީރުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ސްޓޯލްތައް ހަދާފައިވެއެވެ.
އެގޮތުން މިއުޒިކްލ ޗެއަރ، ބޯލް ޝޫޓިން، ފޭސް ޕެއިންޓިން، ކަލަރިން، ސްނޭކް އެންޑް ލެޑާރސް، ފިޝިންގ ސްޓޯލް، ފުރުސަތުގެ ފުރުސަތު، ދަޅުވައްޓާ ސްޓޯލް، ހުނަރު ދައްކާލުން އަދި ޕަޒުލް ގޭމް ފަދަ ސްޓޯލްތައް ހިމެނެއެވެ. ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް 4:30 ގައި ފެށިއިރު މި ހަރަކާތްތައް ނިންމާލާފައި ވަނީ 6:00 ގައެވެ.
ފޮޓޯ ގެލެރީ: https://kurinbee.gov.mv/3981
