ކުރިނބީ ކައުންސިލަށް ލަފާދޭކޮމެޓީ އެކުލަވާލައިފި
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިނބީ ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލައިފިއެވެ.
މިގޮތުން މި ކޮމެޓީގައި ހިމެނެނީ ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް އާއި، ކައުންސިލްގެ ނައިބުރައީސް ޢަބްދުލްފައްތާޙު އަބޫބަކުރާއި، ކައުންސިލް މެންބަރ މުޙައްމަދު ޝާފީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސްޕަވައިޒަރ މުޙައްމަދު ނަސީމް އާއި، ކުރިނބީ ޞިއްޙީމަރުކަރުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ އާދަމް ޝަޒީމް އާއި، ކުރިނބީ ސްކޫލުގެ ލީޑިން ޓީޗަރ މުޙައްމަދު ލަތީފް އެވެ. އަދި މީގެ އިތުރުން އިސްރައްވެހިންގެ ތެރެއިން އިސްމާއިލް މުޙައްމަދު (ވީނަސް) އަދި މާރިޔާ އަޙްމަދު (ނޯޓިލަސް) ހިމެނެއެވެ.
މި އެކުލަވާލެވުނު ލަފާދޭ ކޮމެޓީގެ މުއްދަތަކީ މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވަންދެނެވެ.
